Close
ކޮވިޑް 19

އިތުރު 6 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ ރާއްޖޭގެ ޖުމުލަ އަދަދު 557 އަށް އަރައިފި

ރާއްޖެއިން އިތުރު 6 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ޖުމުލަ އަދަދު 557 އަށް އަރަައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ މީހެކެވެ.

މިއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 557 އަށް އަރާފައެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން އެންމެ ފަހުން ޕޮޒިޓިވް ވި މީހާއާއެކު ބަންގްލަދޭޝްގެ 283 މީހަކު ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މިއަދު ކޮވިޑަށް ޕޮޒިޓިވް ވި ފަސް ދިވެހިންނާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވި ދިވެހިންގެ އަދަދު ވަނީ 196 އަށް އަރާފައެވެ.

ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ 52 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލުގެ ފަސް މީހަކާއި ސްރީލަންކާގެ ތިން މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އަދި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި 557 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވް ވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.