ޚަބަރު

އެމްޓީސީސީން ހިމަންދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

މަރިޔަމް ޝަހުދާ

އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހިމަންދޫ ބަނދަރުގެ މަސައްކަތް ހަވާލިކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި މި މަޝްރޫއުގެ ދަށުން ހިމަންދޫ ބަނދަރުގެ 28،030 ކިއުބިކް މީޓަރު ސަރަހައްދެއް ފުންކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ހިމަންދޫ ބަނދަރުގައި 497 މީޓަރުގެ ބޭރު ތޮށްޓަކާއި، 372 މީޓަރުގެ އެއްގަމު ތޮށްޓެއް އަދި 141 މީޓަރުގެ ރިވެޓްމަންޓް ޖަހާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ހިމަންދޫ ބަނދަރުގެ މަސައްކަތަކީ 47.1 މިލިއަން ރުުފިޔާއަށް އެމްޓީސީސީ އާއި ހަވާލު ކުރި ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 350 ދުވަސް ތެރޭ ނިންމުމަށެވެ. މި މަސައްކަތް އެމްޓީސީސީން ނިންމާފައިވަނީ މިދިޔަ އޭޕްރީލް މަހު 20 ގައެވެ.