ކުޅިވަރު

ފުޓުބޯޅަ ސީޒަން އަވަހަށް ފަށަންވީ ސަޕޯޓަރުންނަށްޓަކައި: މޮރީނިއޯ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ހެދި މެދުކަނޑާލާފައިވާ ފުޓްބޯޅަ ސީޒަން އަވަހަށް ފަށަން ޖެހޭ ސަބަބަކީ ސަޕޯޓަރުން ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޖޫން އަށެއް ގައި އަލުން ލީގު ފެށުމަށް މަސައްކަތް ކުރަމުން އަންނައިިރު މޮރޯނިއޯ ވަނީ އެކަމަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. ޓޮޓެންހަމް އިން ވަކި ވުމުގެ ކުރިން ޓޮޓެންހަމަށް ހަތަރުވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ޓައިޓްލް ހޯދާދިނުމަށް މޮރީނިއޯ ހުރީ ބޭނުންވެފައެވެ. ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ އޭނާގެ އަތުގައި ޕްރިމިއާ ލީގުގެ ތިން ޓްރޮޕީ އެބަހުރި ކަމަށާއި، އޭނާ ގަބޫލުކުރާހިތްވަނީ އޭނާއަށް ހަތަރުވަނަ ޓްރޮފީވެސް ލިބޭނެ ކަމަށް ކަމަށެވެ.

މޮރޯނިއޯ ބުނީ ފުޓްބޯޅަ އާންމު ހާލަތަށް އަންނާނެ ދުވަހެއް އެކަކަށްވެސް އަދި ނޭނގޭ ކަމަށާއި، އެންމެންވެސް މަޑު ކުރަންވީ ޓީމު އެއްކޮށް ޓްރޭނިންތަކުގައި ބައިވެރިވުމުގެ ހުއްދަ ލިބި އަލުން މުބާރާތްވެސް އާންމު ހާލަތަކަށް އަންނާނެ ދުވަހަކަށް ކަމަށެވެ.

"އަހަރެން ބުނަން ބޭނުންވަނީ އަހަރުމެންގެ ދުނިޔެ ވަރަށް ހަނދާންވެއޭ، އަހަންނަށް ހީވަނީ އެންމެންވެސް ވާނެއޭ، ފުޓްބޯޅައަކީ އަހަރެންގެ ދުނިޔޭގެ އެއްބައި، އެހެންނަމަވެސް އަހަރުމެން ކެތްތެރިވާން ޖެހޭނެ، މިއީ އެންމެން އެއްކޮށް ކުރާ ހަނގުރާމައެއް" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޕްރިމިއާ ލީގުގެ ބާކީ ނުވަ މެޗު ކުޅެވިއްޖެނަމަ އެންމެންނަށްވެސް ރަނގަޅުވާނެ ކަމަށެވެ. އެއީ ފުޓްބޯޅަ އަށް އަދި ޕްރިމިއާ ލީގަށްވެސް ރަނގަޅެއް ކަމަށެވެ. ޕްރިމިއާ ލީގުގެ މެޗުތައް އަލުން ފަށައިގެން ކުރިއަށްގެންދާނީ ސަޕޯޓަރުން ނުވައްދަ އެވެ. މޮރީނިއޯ ބުނީ ދަނޑަށް ވަދެ މެޗު ބަލަން ތިބޭ ސަޕޯޓަރުން ނެތްކަމުގައި ވިޔަސް އެއީ ސަޕޯޓަރެއް ނެތުން ކަމުގައި އޭނާ ނުދެކޭނެ ކަމަށެވެ.

"އަހަރެމެން ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗު ކުޅުނަސް އަހަރެންގެ ނަޒަރުގައި މި ކުޅެވެނީ ސަޕޯޓަރުން ނުލައެއް ނޫން. މިއީ އެތައް މިލިއަން މީހުންނެއް ބަލާނެ މެޗުތަކެއް. ޓީވީ ކައިރީގައި ތިބެގެން ދިރިއުޅުމުގެ ބައެއް ގޮތަށް ދެކޭ މީހުން ފުޓްބޯޅައަށް އިންތިޒާރުކުރާނެ. އަހަރެންގެ ނަޒަރުގައި ފުޓްބޯޅަ އަވަހަށް އެނބުރި އަންނަން ޖެހެނީ ސަޕޯޓަރުންނަށްޓަކައި،" ކުރިން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.