15 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭން ޖެހޭ ވެކްސިންތަކުގެ ތެރެއިން ގައުމީ ތާވަލުގައި ހިމެނޭ ވެކްސިންތައް މާދަމާ އިން ފެށިގެން ދޭން ފެށުމަށް ހުޅުމާލެ ހޮސްޕަލުން ނިންމައިފި އެވެ.
ހޮސްޕަލުން ނެރުނު އިއުލާނެއްގައި ބުނީ ވެކްސިން ދިނުމަށް ހަމަޖައްސާފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ. އެގޮތުން އާދިއްތަ، އަންގާރަ، ބުރާސްފަތި މިއިން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 14:00 އަށް 1474 އަށް ގުޅުމުން އެޕޮއިންޓްމަންޓް ހެދުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި ވެކްސިން ދޭން ނިންމާފައިވަނީ ހުޅުމާލެ ލިޓިލްޖެމްސް ޕްރީސްކޫލުގައެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓުމަންޓް ހެދުމަށް ކޮންމެ ދުވަހެއްގެ 08:00 އިން ހަވީރު 16:00 އަށް ނަން ނޯޓު ކުރުމުގެ ކަން ކަން ކުރިޔަށް ގެންދެވޭނެ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. މިހާރު ކޮވިޑް 19 ރާއްޖޭގައި ފެތުރޭތީ އެޕޮއިންޓް ހަދާއިރު އެހޮސްޕިޓަލުން ކުރިން ނުނަގާ ބައެއް މައުލޫމާތު ނެގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހޯދާ މައުލޫމާތުގެ ތެރޭގައި:
މީގެ އިތުރުން އެހޮސްޕިޓަލުން ބުނީ ކުދިން ހުން އައިސް، ރޯގާޖެހި ކެއްސައި ނޭވާލާން އުނދަގޫވާ ނަމަ ވެކްސިން ދޭން ނުގެންދިއުމަށް އެދޭކަމަށެވެ. ވެކްސިން ދޭން ދާއިރު ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރުމަށް ވެސް އެހޮސްޕިޓަލުން ވަނީ އެދިފައެވެ.
އެހޮސްޕިޓަލުން ބުނީ ފަނީބޭހާއި ވިޓަމިން ދޭން ޖެހޭ، އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ބޭސް އަދި ވިޓަމިން ދޫކުރުމަށް ނިންމާފައިވަނީ ވެކްސިން ކާޑު ހިފައިގެން ބެލެނިވެރިޔާ ދިއުމުން ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި ވެކްސިން ޖަހަން ދާއިރު އައިޑީކާޑާއި ކުޑަކުއްޖެއްނަމަ ވެކްސިން ކާޑު ގެންދިއުމަށް ވަނީ އެދިފައެވެ.