ވިޔަފާރި

އެމްޓީސީސީ ކަށަވަރު ޕްރޮމޯ ފަށައިފި

މުހައްމަދު އައުޒަމް

އެމްޓީސީސީ ކަށަވަރު ޕްރޮމޯ ފަށައިފިއެވެ.

އިއްޔެއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމްޓީސީސީ ކަށަވަރު ޕްރޮމޯގައި މިފަހަރު ހާއްސަ ޑިސްކައުންޓެއް ލިބިގެން ދާނީ ޔަންމާ އިންބޯޑް އަދި ސުޒުކީ އައުޓް ބޯޑް އިންޖީނުތަކަށެވެ.

އެމްޓީސީސީ ކަށަވަރު ޕްރޮމޯ ފެށުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ޓްރޭޑިންގ ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވީ ސުޒުކީ އިންޖީނުތަކުން %5 އިން ފެށިގެން %16އާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި ޔަންމާ އިންޖީނުގެ 170 ހޯސްޕަވަރު އަދި 210 ހޯސްޕަވަރުގެ އިންޖީން ތަކުން ވެސް %5 އާއި %16ގެ ޑިސްކައުންޓެއް ލިބޭނެކަމަށް އަދުހަމް ވިދާޅުވިއެވެ.

އަދުހަމް އިތުރަށް ވިދާޅުވީ ޔަންމާ ކިޓުގެ އިތުރުން ސުޒުކީ މެއިންޓަނަންސް ކިޓުން %38ގެ ޑިސްކައުންޓްއެއް މިޕްރޮމޯގައި ލިބޭނެ ކަމަށެވެ.

އެމްޓީސީސީން ފަށާފައިވާ ކެމްޕެއިންގައި މިއަދާއި މާދަމާ އުކުޅަހުގައި އެމްޓީސީސީގެ ޓީމުތައް ހަރަކާތްތެރިވާނެ އެވެ.