ކުއްލި ޚަބަރު

ކަނޑުހުޅުދޫގައި ހަތަރު އަހަރުގެ ކުއްޖަކު ވަޅަކަށް ވެއްޓި މަރުވެއްޖެ

މަރިޔަމް ޝަހުދާ

ގއ. ކަނޑުހުޅުދޫގައި ހަތަރު އަހަރުގެ ކުއްޖަކު ވަޅަކަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުއެވެ. އަދި މި ކުއްޖާ ވަޅަށް ވެއްޓިގެން މަރުވި މައްސަލަ މިއަދު ހެންދުނު 11:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކަނޑުހުޅުދޫގެ ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން މައުލޫމާތު ދިން ގޮތުގައި ކުޑަ ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެކުއްޖާ ވަނީ މަރުވެފައެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.