ކުއްލި ޚަބަރު

ގޮއިދޫން ފެހެންދުށް ފަތާފައި ދިޔަ މީހަކު އަނބުރާ ގޮއިދޫއަށް ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަރިޔަމް ޝަހުދާ

ބ. ގޮއިދޫން އެއަތޮޅު ފެހެންދުއަށް ފަތާފައި ދިޔަ މީހަކު އަނބުރާ ގޮއިދުއަށް ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރު ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ފެހެންދޫން އަނބުރާ ގޮއިދުއަށް ދަނިކޮށް ފަޅުތެރެއިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ސަބަބުން ހުއްދަ ނުހޯދައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާ ކޮށްފައެވެ. އަދި ހުއްދަ ނުހޯދައި އެއްރަށުން އަނެއް ރަށަށް ދާ މީހުންނަށް ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.