އެކްސްޕޯޓު ވަނީ ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ބޭރުފައިސާ ލިބުން ވަރަށް ދަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރާއްްޖޭގެ އިގުތިސާދީ ހާލަތާބެހޭގޮތުން، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ އިގުތިސާދު ދަށަށް ދިއުމުގެ ސަބަބުން ބޭރުފައިސާ ލިބޭ މިންވަރު ވަރަށް ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ.
ރާއްޖޭގެ އެކްސްޕޯޓް 80 އިންސައްތައަށްވުރެ ބޮޑަށް ހިއްސާ ކުރަނީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވާ މިންވަރުން އެކްސްޕޯޓާއި ރާއްޖެއަށް އަންނަ ބޭރު ފައިސާގެ އަދަދު މަދުވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭން މަސްބޭރުކުރުމަށްވެސް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މަސް އެކްސްޕޯޓް ކުރާ މިންވަރާ ލިބޭ ބޭރު ފައިސާ މަދުވެގެންދާނެ ކަމަށެވެ. އަދި ކޮވިޑް 19ގެ ސަބަބުން ބައެއް ދިމާލުން އިމްޕޯޓް ދަށްވެ އިމްޕޯޓް ކުރަން ހޭދަކުރާ މިންވަރު ވެސް ދަށްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާރު ރާއްޖޭގެ ގިނަ ރިސޯޓްތައް ބަންދުވެފައިވާތީ، އަދި ލޮކްޑައުންގެ ހާލަތުގައި އޮތުމާއެެކު ފަތުރުވެރިން ޒިޔާރަތްކުރުން ދަށަށްދާނެ ކަމަށް ބެލެވޭއިރު މި ސިނާއަތުގެ އިމްޕޯޓްގެ މިންވަރު ދަށަށްދާނެ. އަދި އިމާރާތް ކުރުުުމުގެ މަޝްރޫއުތައް މަޑުޖެހުމާއެެކު އިމާރާތްކުރަން ބޭނުވާ ސާމާނު އެތެރެކުރުމުގެ މިންވަރުވެސް ދަށަށްދާނެ. ޖުމްލަ ގޮތެއްގައި އާމްދަނީ ދަށްވާ މިންވަރު އިމްޕޯޓްދަށްވާ މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ." މިނިސްޓަރު ވިދާޅުވިއެވެ.