Close
ކުއްލި ޚަބަރު

މިހާރު ލަފާކުރެވެނީ ޖީޑީޕީ 11.5 ޕަސެންޓަށް ދަށަށްދާނެ ކަމަށް، އެންމެ ގޯސް ހާލަތުގައި 29 ޕަސެންޓަށް ހިނގައިދާނެ

މިހާރު ލަފާ ކުރެވެނީ ޖީޑީޕީ 11.5 ޕަސެންޓަށް ދަށަށްދާނެ ކަމަށާއި ނަމަވެސް އެންމެ ގޯސް ހާލަތުގައި 29 ޕަސެންޓަށް ހިނގައިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހާލަތާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން 11.5 އިންސައްތައިން ދައްވާނެ ކަމަށެވެ. އެއީ ނޮމިނަލް ޑީޑީޕީން ބަލާއިރު އެއީ 81 ބިލިޔަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށާއި ފަތުރުވެރިކަމަށް އަންނަ ބޮޑު ހީނަރުކަމާއެކު، ދައުލަތުގެ އާމްދަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރާ އަޅައި ބަލާއިރު 49 އިންސައްތަ ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި ސިނާރިއޯގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 2.15 ބިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިއަށްވުރެ ކޮވިޑް 19ގެ ކަންތައް ގޯސްވެއްޖެނަމަ ޖީޑީޕީ 29.7 ޕަސެންޓަށް ދަށަށް ދާނެ ކަމަށާއި އެއީ 64.7 ބިލިޔަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު މިހާތަނަށް ލިބިފައިވަނީ 6.4 ބިލިއަން ރުފިޔާ ކަމަަށެވެ.

އާމްދަނީއަށް އަންނަ ހީނަރުކަމާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރ ލެވެލްއިން ފެށިގެން މަތީ ފަންތީގެ މުވައްޒަފުންގެ މުސާރަތައް 20 އިންސައްތަ ކުޑަކުރުމާއި، ދަތުރުފަތުރަށް ކުރާ ޚަރަދު ކުޑަ ކުރުމާއި، މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑުޖައްސާލުމާއި، އެހެނިހެން ރިކަރަންޓް ހަރަދުތައެްވެސް ކުޑަކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.