Close
މަޖިލީހުގެ ރައީސް

އެމްއެމްއޭއިން އިތުރު ފައިސާނަގަން ހުއްދަދިނުމުގެ ބަހުސް ވާނީ މި ޖީލުގެ ކާމިޔާބަށް ނުވަތަ ހަލާކަށް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އެމްއެމްއޭއިން ދައުލަތަށް އިތުރަށް ފައިސަ ނެގުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުއްދަ ދިނުމަށްޓަކައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާ ބަހުސަކީ، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އަންނަ އެންމެ މުހިއްމު އެއް ބަހުސް ކަމަށާއި، މި ބަހުސްގެ ހަގީގީ ޔައުމިއްޔާ ވެގެންދާނީ އަޅުގަނޑުމެންގެ ޖީލުގެ ކާމިޔާބަށް ނުވަތަ ހަލާކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ އެމްއެމްއޭ އިން ދިގު މުއްދަތައް ލޯނު ނެގުމުގެހުއްދައަކަށްއެދި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައަށް މަޖިލީހުގައި ބެހުސަށް ހުޅުވާލެއް ވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެގާނޫނުން އޯވަޑްރާފްޓް ލިމިޓްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ، ވޭތުވެދިޔަ ތިންއަހަރުގައި ސަރުކާރަށް ލިބުނު ޖުމުލަ އަމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެކެއް އިންސައްތައަށްވުރެ އިތުރު ނުވާ މިންވަރެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ ހިސާބުތަކަށް ބަލާއިރު، އޯވަޑްރާފްޓް ނުވަތަ މަރުކަޒީ ބޭންކުން ދަރަނީގެ ގޮތުގައި ފިނޭންސް މިނިސްޓަރަށް ނެގޭނީ 219 މިލިޔަން ރުފިޔާ ކަމަށެވެ.

އިތުރަށް ލޯނު ނެދުމުގެ ހުއްދައަށް އެދި ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަަހަރު ދުވަހަށް ފަސްކޮށްދިނުމަށެވެ.

ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވަނީ ވަނީ 219 މިލިޔަން ރުފިޔާގެ ލިމިޓް 4.2 ބިލިއަން ރުފިޔާއަށް މަތި ކޮށްދިނުމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މިނިސްޓަރު އެދި ވަޑައިގެންނެވި ހުއްދަ މނަޖިލީހުން ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް ސަރުކާރަށް 800 މިލިއަން ރުފިޔާ އެފައިސާއިން ލިބޭނެ ކަމަަށާއި، އެކަން މުޅިިން ހަަމޖެހިގެންދާނީ އެކަމާބެހޭގޮތުން މަޖިލީހުން ބަލަންޖެހޭ ކަންކަން ބެލުމަށް ފގަހުގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.