Close
މަޖިލީހުގެ ރައީސް

ދިވެހިރާއްޖޭގެ އިގްތިސޯދުގައި 37.6 ބިލިޔަން އެބަ ދައުރުވޭ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރާއްޖޭގެ އިގްތިސޯދުގައި މަނީސަޕްލައިގެ ގޮތުގައި، މިހާރު ފައިދާ ދައުރުވާ އަދަދަކީ، 37.6 ބިލިޔަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން 4.2 ބިލިޔަން ރުފިޔާ އޯވަޑްރާފްޓް ކުރުމުގެ ހުއްދައަކަށް އެދި މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ކޮމާޝަލް ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ، މިނިމަމް ރިޒާވް ރޭޝިއޯ ކުރީގައި ހުރި، 10 ޕަސެންޓުން 2.5 އުނިކޮށް މިހާރު 7.5 ޕަސެންޓަށް ދަށް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ގައުމުގެ އިގްތިސާދުގައި މިވަގުތު ދައުރުވާ ފައިސާ (މަނީ ސަޕްލައި) އަކީ 37.6 ބިލިޔަން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، 4.2 ބިލިޔަން ރުފިޔާ އޯވަޑްރާފްޓް ކުރުމަށް މިނިސްޓަރު އެދިވަޑައިގެންފައިވަނީ ދައުލަތުގެ އިގްތިސޯދުގައި ދައުރުވާ ފައިސާގެ އަދަދު 11 ޕަސެންޓަށް އިތުރު ކުރުމަށްޓަކައި ކަމަށެވެ.