މުމްބާއީގެ 50އަށް ވުރެން ގިނަ ނޫސްވެރިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އިންޑިއާގެ 167 ނޫސްވެރިން ޓެސްޓު ކުރުމަށްފަހު 50 އަށް ވުރެން ގިނަ ނޫސްވެރިން ޕޮޒިޓިވް ވުމާއެކު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓްރީ ވަނީ މިއީ އުއްމީދުވެސް ނުކުރާ ކަމެއް ކަމަށް ބުނެފައެވެ އަދި ހުރިހާ ނޫސްވެރިން ވެސް ސަރުކާރުން އަންގާ އިރުޝާދުތަކަށް ތަބާވުމަށް ވަނީ ގޮވާލާފައެވެ.
ޓެސްޓުތަކުން ޕޮޒިޓިވް ވެފައިވާ ގިނަ ނޫސްވެރިންގެ ގައިން އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
މުމްބާއީން ގިނަ ނޫސްވެރިންތަކެއް ޕޮޒިޓިވް ވެފައިވާ އިރު އިންޑިއާގެ ޗެންނާއީންވެސް ވަނީ ދެ ނޫސްވެރިން މިވައިރަހަށް ޕޮޒިޓިވް ވެފައެވެ. އަދި އިންޑިއާގެ ބޯޕާލްގެ އިތުރުން މަދިޔަ ޕްރަދޭޝްގައިވެސް ނޫސްވެރިން ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
އިންޑިއާއަކީ ދުނިޔޭގެ ޑިމޮކްރެސީތަކަށް ބަލާއިރު ނޫސްވެރީން އެންމެ ގިނަ އަދި އެންމެ މިނިވަންކަމާ އެކު ނޫސްވެރިކަން ކުރާ އެއް ގައުމެވެ.