ޑެންގޫ ހުން ފެތުރޭ ސީޒަން ފެށުމުގެ ކުރިން މަދިރި އުފެދޭ ތަންތަން ނައްތައިލުން މުހިންމު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓާއި އެކު، ރާއްޖޭގައި ހަރަކާތްތެރިވާ ސްކައުޓުސް، ގައިޑް، ކެޑޭޓްގެ ޓާސްކް ފޯސްތައް އެކުލަވާލައި ހުރިހާ ކޮންސްޓްރަކްޝަންތަކާއި ފެން ހަރުލައި މަދިރި އާލާވާ ގޮތަށް ހުރި ހުރިހާ ތަންތަން ސާވޭކޮށް އެތަންތަން ނައްތައިލަން މިހާރުއްސުރެ މަސައްކަތް ފެށުން މުހިންމު ކަމަށެވެ.
"ޑެންގޫ ސީޒަން ފެށުމުގެ ކުރިން ސްކައުޓުސް، ގައިޑް، ކެޑޭޓް ފަދަ ހަރަކާތްތަކުގެ ޓާސްކް ފޯސްއެއް އެކަށީގެންވާ ޕާސަނަލް ޕްރޮޓަކްޝަން އިކުއިޕްމަންޓާއި އެކު، ހުރިހާ ކޮންސްޓްރަކްޝަންތަކާއި ފެން ހަރުލާ މަދިރި އާލާވާ ގޮތަށް ހުރި އެންމެހާ ތަންތަން ސާވޭކޮށް ނައްތައިލަން މިހާރު ފެއްޓުން ވަރަށް މުހިންމު" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރި ވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެ ވިއްސާރަ ދުވަސްވަރު ޑެންގީހުން އިތުރުވެއެވެ.
މަދިރި އުފެދި އާލާވުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް: