ރަސް އޮންލައިންގެ ފަރާތުން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނިގެން ދިޔައީ ޒިންމާދާރު ކުޑަ އަމަލެއް ކަމަށާއި އެ ނޫހުގެ އެޑިޓަރު އެކަމަށް މާފަށް އެދެން އަންގާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީން ބުނެފިއެވެ.
އެމްއެމްސީން މިހެން ބުނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސް އޮންލައިންގެ ނޫސްވެރިޔާ ކުރި ސުވާލާއި ގުޅިގެން ކުރި ޓުވީޓެއްގައެވެ.
އެގޮތުން ނޫސް ކޮންފަރެންސްގައި ރަސް އޮންލައިންގެ ފަރާތުން ސުވާލުކުރި މީހާގެ ފަރާތުން ފެނިގެންދިޔައީ ޒިންމާދާރު ކުޑަ އަމަލެއް ކަމަށް އެމްއެމްސީން ބުނެފައިވެއެވެ. އަދި މިކަމާއި ގުޅިގެން ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި ނޫސްވެރިން އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެމްއެމްސީން ބުނެފައި ވެއެވެ.
"ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި، ކުރިއަށް އޮތްތަނުގައި މި ކައުންސިލްގެ ރޫހު ހުރީ އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށުމެވެ." އެމްއެމްސީން ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.