Close
ކުއްލި ޚަބަރު

ކޮވިޑު ޖެހިފައިވާ އިންޑިއާ ދެމީހަކުވެސް ފެނި މާލޭގެ އަދަދު 31 އަށް

ކޮވިޑު ޖެހިފައިވާ އިންޑިއާ ދެމީހަކުވެސް ފެނި މާލޭގެ އަދަދު 31 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން މައުލޫމާތު ދިން ގޮތުގައި މި ދެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ ކުރިން ޕޮޒިޓިވްވި އެއްވެސް ކޭސް އަކާ މި ދެ ކޭސް ގުޅިފައިވޭތޯ ބަލަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިހާތަނަށް އެއްވެސް ވަރަކަށް އިތުރު ކޭސް އަކާއި ގުޅިފައިވާކަން ފާހަގަވެފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 31 އަށް އަރާފައިވާއިރު މާލެއިން ކޮވިޑަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ.

މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.