Close
ކުއްލި ޚަބަރު

ކޮވިޑް ޖެހިފައިވާ އިތުރު ބަންގްލަދޭޝް މީހަކު ފެނި މާލޭން ބަލި ޖެހުނު މީހުންގެ އަދަދު 16 އަށް

ކޮވިޑް ޖެހިފައިވާ އިތުރު ބަންގްލަދޭޝްގެ މީހަކު ފެނި މާލޭން ބަލި ޖެހުނު މީހުންގެ އަދަދު 16 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން މައުލޫމާތު ދިން ގޮތުގައި މި ބަންގްލަދޭޝް މީހާއަކީ ފްލޫ ކްލިނިކަށް ދިޔަ މީހެކެވެ.

އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން އޭނާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މީގެ އިތުރުން މިހާތަނަށް މި މީހާއަކީ މީގެ ކުރިން ޕޮޒިޓިވް ވި މީހަކާ ގުޅުމެއް ހުރި މީހެއްކަން އަދި ޔަގީން ނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އިތުރު ޕޮޒިޓިވް އެއްވެސް ކޭސް އަކާއި ވެސް މިމީހާއާ ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.