Close
ޚަބަރު

ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތު ހޯދުމަށް އެޗްޕީއޭއިން އެދޭނީ ރަސްމީކޮށް

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާއި ގުޅިގެން ޕޮޒިޓިވް ވާ މީހުންގެ، ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތުތައް ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އެދޭނީ ރަސްމީކޮށް ކަމަށް އެއިދާރާއިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތު ހޯދުމަށް އެދޭނީ އެ އެޖެންސީގެ އޮފިޝަލް މީސް މީޑިއާ އެކައުންޓްތައް ނުވަތަ ސަރުކާރުގެ ކަމާއިބެހޭ އިދާރާތައް މެދުވެރިކޮށް ކަމަށެވެ.

މިނުރައްކާތެރި ބަލި ފެތުރުން ކުޑަކުރުމުގެ ގޮތުން އެޗްޕީއޭއިން ވަނީ އެއްވެސް މީހަކު މިދަނޑިވަޅުގައި ކޮވިޑް 19 އާ ގުޅޭ މައުލޫމާތު އެއްވެސް ފޮރުވުމެއް ނެތި ރިޕޯޓުކޮށްދިނުމަށް އެދިފައެވެ. އަދި މިދަނޑިވަޅުގައި ހުރިހާ މީހުންވެސް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ 35 މީހުން ރާއްޖެއިން ފެނިފައިވާއިރު މާލެތެރެއިން 15 މީހުން ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައެވެ.

މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.