Close
ޚަބަރު

ކޮވިޑް 19 : އޯޕެކް ފަންޑުން ރާއްޖެއަށް އެހީވުމަށް 20 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އޮޕެކް ފަންޑުން 20 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފި އެވެ.

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓަކީ ތެޔޮ އެކްސްޕޯޓު ކުރާ ގައުމުތަކުން އެކުލަވާލާފައިވާ އިންޓާގަވަމަންޓަލް ފައިނޭންސް އިންސްޓިޓިއުޝަނެކެވެ. މި ފަންޑުން ރާއްޖެއަށް ދިނުމަށް ނިންމާފައި 20 މިލިއަން ޑޮލަރަކީ ލޯނެއްގެ ގޮތުގައިދޭ އިމަޖެންސީ ފައިނޭންސް ސަޕޯޓެއްކަމަށް އޮޕެކުން ބުނެއެވެ.

އެގޮތުން މި ލޯނަކީ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދޭ ލޯނެއް ކަމަށް ވެސް އޮޕެކުން ބުނެފައި ވެއެވެ. އަދި މި ލޯނަކީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ އަޑިގަނޑުން އަރައިގަތުމަށް ލިބޭ އެހީތެރިކަމަކަށް ވާނެ ކަމަށް ވެސް އޮޕެކުން ބުނެއެވެ.

ރާއްޖޭގެ އިތުރުން އޮޕެކް އިން ވަނީ މިސްރު، ޓަންޒްނިޔާ، މަލީ އަދި ނިކަރަގުއާ އަށް އޮޕެކް ފަންޑުން ލޯނު އެހީ ދީފައެވެ. އަދި މި ގައުމުތަކަށް ލޯނު އެހީ ދިނުމަށް ނިންމާފައިވަނީ ދުނިޔޭގެ އެކި ގައުމުތަކަށް އެހީ ދިނުމަށް އެ ފަންޑުން ކަނޑައެޅި 390 މިލިއަން ޑޮލަރުގެ ތެރެއިން ކަމަށް އޮޕެކް އިން ބުނެއެވެ.