ކުއްލި ޚަބަރު

ތިނަދޫ މަސް ދޯންޏަކުން އެން ހިފަން ފޭބި ދިވެއްސަކު ގެއްލިގެން ހޯދަނީ

ތިނަދޫ މަސް ދޯންޏަކުން އެން ހިފަން ފޭބި މީހެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފުން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ 8:12 ގައި ރިޕޯޓްކުރި އެ ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ގދ. ކޮނޮއްޓޯ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު "އަސްދަން" ނަމަކަށް ކިޔާ ދޯނިން ފުޅި އަޅައިގެން އެންހިފަން ފީނި 27 އަހަރުގެ ދިވެއްސެއް ކަމަށެވެ.

ތިރީސް މިނެޓްގެ ޑައިވަކަށް އޭނާ ފީނަން ފޭބީ ހަތަރު މީހުންނާއެކު ކަމަށާއި އޭރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވް ޝޫޓެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ނަމަވެސް މިހާރު އެމްއެންޑީއެފް ސަދާން އޭރިއާ ކޯސްޓު ގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.