އެސްޓީއޯ

އެސްޓީއޯއިން 24 ގަޑިއިރު ޕެޓްރޯލާއި ޑީސެލް ޝެޑުގެ ޚިދުމަތް ދޭން ފަށައިފި

އެސްޓީއޯ އިން 24 ގަޑި އިރު ޕެޓްރޯލާއި ޑީސެލް ޝެޑުގެ ޚިދުމަތް ދޭން ފަށައިފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް އިން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ސްޓެލްކޯ ބިއްދޮށުގައި ހުންނަ ޝެޑު (އެފްއެސްއެމް އީސީފިލް 1) މިއަދުން ފެށިގެން 24 ގަޑި އިރު ހުޅުވާފައި ހުންނާނެ އެވެ.

އެޝެޑުން ޑީސަލާއި ޕެޓްރޯލު ވެސް ވެހިކަލުތަކަށް އެޅެއެވެ. އެ ޝެޑުން މިހާރެކޭ ވެސް އެއްފަދައިން ސައިކަލު ތަކަށް ތެޔޮ އަޅައިދޭނީ ރޭގަނޑު 10:00 ގެ ފަހުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ މީޑިއާ ހެޑް، ދާދި ދެންމެ "ވަން އޮންލައިން" އަށް ވިދާޅުވީ އަދި މި ވަގުތު މި ފެށީ ޝެޑުގެ ޚިދުމަތް ކަމަށާއި އޮޑިދޯނި ފަހަރު ކައިރިއަށް ބަނދަރަށް ގޮސް ތެޔޮ އަޅައިދިނުމުގެ ޚިދުމަތް އަދި މި ވަގުތު ނުލިބޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެކަމަށް ވެސް ހައްލެއް ގެންނަން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީސަލާއި ޕެޓްރޯލު 24 ގަޑި އިރު ވިއްކުމުގެ ހުއްދަ ސަރުކާރުން ހުޅުވައިލައި ގެޒެޓު ކުރީ މިއަދު އެވެ.