ބޮލީވުޑް

ބަންޓީ އޯރު ބަބްލީ ދެއަކަށް ރާނީއާއެކު ސައިފް

ކޮމެޑީ ބޮލީވުޑް ފިލްމު ބަންޓީ އޯރު ބަބްލީގެ ދެވަނަ ބަޔަށް ބަތަލާ ރާނީ މުކަރުޖީއާއެކު ސައިފް އަލީ ޚާން ބައިވެރިވެއްޖެއެވެ.

ރާނީ އާއި ސައިފް މީގެ ކުރިން ވެސް ވަނީ މަގުބޫލު ފިލްމުތަކެއް އެކުގައި ކުޅެފައެވެ. އޭގެ ތެރޭގައި 2004ގައި ހަމް ތުމް، 2007 ގައި ތާރާރަމްޕަމް، އަދި 2008 ގައި ނެރުނު ތޯޅާ ޕިޔާރު ތޯޅާ މެޖިކް ހިމެނެއެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު ދެތަރިން އެކުގައި އޮން ސްކްރީނުން ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ.

މި ފިލްމު ވެގެންދާނީ ޑަރެކްޓަރު އަދިއްތިޔަ ޗޯޕްރާއާއެކު ގިނަ ދުވަސްތަަކަކަށްފަހު ސައިފް އަލުން މަސައްކަތް ކުރާ ފިލްމަށެވެ.

މި ފިލްމު ކޮމްޕޭނިއަނަށް ސައިފް ދިން އިންޓަވިއުއެއްގައި ބުނީ އަދިއްތިޔާއާއެކު މީގެ ކުރިން ދެބަސްވުމެއް އުފެދިފައިވާ ކަމަށާއި އެކަމާ ހިތްހަމަނުޖެހި އެކުގައި މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

"މީގެ މާނައަކީ އަނެއްކާވެސް ކަންތައްތައް ހަމައަކަށް އެޅުނީއޭ، އެންމެ މުހިންމު ކަމަކީ އެެއީ. އަދީގެ މެސެޖެއް ވެލްކަމް ބެކް ހޯމް އޭ ޖަހާފަ ލިބުމަކީ ވަރަށް މުހިންމު ކަމެއް" ސައިފް ބުންޏެވެ.

ބަންޓީ އޯރު ބަބްލީގެ ފުރަތަމަ ފިލްމުން ފެނިގެންގޮސްފައިވަނި ރާނީ އާއެކު އަބީޝެކް ބަޗަންއެވެ.