Close
ޚަބަރު

ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި ބޭރަށްނިކުތުމަށް ރަޖިސްޓްރީ ކުރަން ގުޅާނެ ނަންބަރެއް ފުލުހުން އާންމުކޮށްފި

މަރިޔަމް ޝަހުދާ

ލޮކްޑައުންގެ ހާލަތުގައި ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ބޭރަށް ނިކުތުމަށް ރަޖިސްޓްރީ ކުރަން ގުޅާނެ ނަންބަރެއް ފުލުހުން އާންމު ކޮށްފި އެވެ.

ފުލުހުން މި ނަންބަރު އާންމު ކޮށްފައިވަނީ މިރޭ ކުރި ޓުވީޓެއްގައެވެ.

އެގޮތުން ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ގަތުމަށް ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި 3034444 އަށް ގުޅައި ފުލުހުންގެ އެންއީއޯސީގައި ރަޖިސްޓްރީ ވުމަށް ފުލުހުން އެދެއެވެ. އަދި ރަޖިސްޓްރީ ކުރުމަށްފަހުވެސް ބޭރަށް ދާނަމަ އައިޑީ ކާޑު އޮންނަން ޖެހޭނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ވެހިކަލް ދުއްވުމުގެ ހުއްދަ ދޭ ފާހާއި، ޑެލިވަރީ ކުރުމުގެ ހުއްދަ ދޭ ފާސް ހޯދުމަށް ބޭނުން މީހުން [email protected] އަށް އީމެއިލް ކުރުމަށް ފުލުހުން އެދިފައި ވެއެވެ.

މާލެ ސިޓީ މިއަދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވަނީ މާލެއިން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވުމުންނެވެ. މި މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭއިން މިއަދު ލޮކްޑައުން އިއުލާނު ކުރީ 24 ގަޑި އިރަށެވެ.