މޯލްޑިވް ގޭސް އިން މިރޭ 08:00 އިން 09:30 އަށް ގޭސް ޑެލިވަރީ ކޮށްދޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މޯލްޑިވް ގޭސް އިން ބުނީ ގޭސް އޯޑަރު ކުރުމަށް އެކުންފުނީގެ ވެބްސައިޓު https://maldivegas.com/order މެދުވެރި ކޮށް އަދި އެސްއެމްއެސް (ސީއޯޑީ ހުސްތަންކޮޅެއް ދިނުމަށްފަހު އައިޑީކާޑު ނަންބަރު ޖެހުމަށްފަހު) 7201616 ނަންބަރަށް މެސެޖު ކުރުމަށް އެކުންފުނިން ވަނީ އެދިފައެވެ.
ކޮވިޑް 19 ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ގިނަފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން މިއަދު ވަނީ 24 ގަޑިއިރަށް ލޮކްޑައުން އިއުލާނުކޮށްފަ އެވެ. އަދި މާލޭން ބޭރަށް އޮޑިދޯނި ފަހަރުވެސް މި ވަގުތުގެ ތެރޭގައި ފުރުން މަނާކޮށްފަ އެވެ. ލޮކްޑައުންގެ ވަގުތުގައި މީހުން ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ.