ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މާލޭން ފެނުމާ ގުޅިގެން 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައިވާތީ، އޮންލައިން ކުލިނިކްތަކެއްގެ އިންތިޒާމު އާސަންދައިން ހަމަޖައްސައިފިއެވެ.
އާސަންދައިން ބުނީ، މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އާސަންދައާ ހިދުމަތްދޭ މަރުކަޒުތަކާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ދިނުމަށް 10 ތަނެއްގައި އޮންލައިން ކުލިނިކްތަކެއްގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އޮންލައިން ކުލިނިކުގެ ހިދުމަތްދޭ ފަރާތްތައް:
އޭޑީކޭ، ގުޅޭނެ ނަންބަރު: 1440/3313553
ކުލުނު މެޑިކަލް، ގުޅޭނެ ނަންބަރު:4003311
ޕްރައިމެކްސް މެޑިކެއާ، ގުޅޭނެ ނަންބަރު: 3330511
ފެމިލީ ކެއާ، ގުޅޭނެ ނަންބަރު::3300767
އިމޭޖް ސެންޓަރު، ގުޅޭނެ ނަންބަރު:3302051
އެއިމްސް ޑައިގްނޯސްޓިކް ސެންޓަރު، ގުޅޭނެ ނަންބަރު:6898091
އިންސްސިޓިއުޓް އޮފް މެޑިކަލް ވެލް ބިއިން، ގުޅޭނެ ނަންބަރު: 3337892
އައިކެއާ ހޮސްޕިޓަލް، ގުޅޭނެ ނަންބަރު:3321026
ފަސްޓް ކެއާ މެޑިކަލް ސެންޓަރު، ގުޅޭނެ ނަންބަރު:3329449
ސެނެހިޔާ ހޮސްޕިޓަލް، ގުޅޭނެ ނަންބަރު :7969897
އާސަންދައިން ބުނީ އެކުންފުނީގެ އިލްތިމާސަކީ މިހާލަތުގައި އެންމެންވެސް އަމިއްލަ އަދި މުޖުތަމައުގެ ރައްކާތެރިކަން އިސްކޮށް ކެތްތެރިކަމާއެކު ގޭގައި މަޑުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ކަމާގުޅުން ހުރި އިދާރާތަކުންދޭ އިރުޝާދުތަކާ އެއްގޮތަކަށް އަމަލުކުރުން ކަމަށެވެ.