ދުނިޔެ

އެމެރިކާއިން ދެން އެހީވާނީ އެކުވެރި ޤައުމުތަކަށްއެކަނި - ޓްރަމްޕް

މުހައްމަދު އައުޒަމް

އެމެރިކާއިން ދެން އެހީވާނީ އެކުވެރި ޤައުމުތަކަށްއެކަނި ރައީސް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އ.ދ ގެ ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރަމުން ޓްރަމްޕް ވަނީ އެމެރިކާއިން އެހީވާ ގައުމުތައް އަލުން ބަލައި ރިވިއު ކުރުމަށް ސަރުކާރުގެ ސެކެޓްރީ ޖެނެރަލް ޕޮމްޕިއޯއަށްް އަންގާފައެވެ.

"އެމެރިކާ އަކީ މިހާތަނަށް ދުނިޔޭގައި އެންމެގިނަ ގައުމުތަކަށް އެހީވާ ގައުމު، ވަރަށް މަދު ބަޔަކު އެކަން ދެކި އަހަރުމެންނަށް އެއްޗެއް ދެނީ. މިހެންވެ ބޭރު އެހީތަކާއި މެދު ވާހަކަ ދައްކަން މިޖެހުނީ" ޓްރަންޕް ވިދާޅުވިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދެއް އޮންނަ އެމެރިކާއިން ދަނީ ދުނިޔޭގެ އެކި ގައުމުތަކަށް ފައިސާގެ ގޮތުންނާއި އެހީގެ ދަށުން އެހީތެރިކަން ފޯރުވަމުންނެވެ. އެމެރިކާއިން ދަނީ އެގައުމުގެ ސަލާމަތީ ބާރުތައް ފޮނުވައިގެން ވެސް ގައުމުތަކުގައި ބޭސްތައް ހަދައި ގައުމުތަކުގެ ސަލާމަތީ ކަންތައްތައް ބަލަމުންނެވެ. ޓްރަމްޕް ގެ ވާހަކަފުޅުގައި އޭނާ ވަނީ އެމެރިކާއިން ސަލާމަތީ ގޮތުން އެހީވަމުންދާ ޤައުމުތަކުން އެމެރިކާ އަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވެސް ގޮވާލައިފައެވެ.

'ދަ ބޯރގަން ޕްރޮޖެކްޓް' އިން ހާމަކުރާ ގޮތުގައި މިއަހަރު އެންމެ ގިނައިން އެހީތެރިކަން ދީފައިވާ ޤައުމުތަކުގެ ތެރޭގައި އިޒްރޭލު، މިސްރު އަދި ޖޯޑަން ހިމެނެއެވެ. އިސްރާއިލަށް 3.1 ބިލިޔަން ޑޮލަރުގެ އެހީ ދީފައިވާއިރު މިސްރަށް 1.39 ބިލިޔަން ޑޮލަރު އަދި ޖޯރޑަން އަށް 1 ބިލިޔަން ޑޮލަރުގެ އެހީ ދީފައި ވެއެވެ. އެމެރިކާއިން މިހާތަނަށް ވެސް އެންމެ ގިނައިން އެހީ ވެފައިވަނީ އެޤައުމަށް އ.ދ ގައި ލިބިފައިވާ މަޤާމް ދިފާއުވުމަށް އެހީވާ ގައުމުތަކަށެވެ.