Close
ރިޕޯޓް

ތޮއްޖެހިގެން ދިރިއުޅެމުންދިޔަ 200 ބިދޭސީއަކު ހުޅުމާލޭގެ އެކޮމޮޑޭޝަން ފެސިލިޓީއަކަށް ބަދަލުކޮށްފި

އަލީ ޔާމިން

1

ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން 200 ބިދޭސީއަކު ހުޅުމާލޭގައި ހުންނަ ލޭބާ އެކަމޮކޭޝަން ފެސިލިޓީއަކަށް ބަދަލުކޮށްފިއެވެ.

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ 5000 ބިދޭސީ މަސައްކަތްތެރީން ޖާގަ ތަނަވަސް ތަންތަނަށް ބަދަލު ކުރުމަށް ހަދާފައިވާ ޕްލޭނުގެ ދަށުން 200 ބިދޭސީއަކު މިހާރު ފެސިލިޓީތަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

"5000 ބިދޭސީ މަސައްކަތްތެރީން މާލޭގައި މިއޮތް ތޮއްޖެހުމުގެ ތެރެއިން ނެރެ އެހެންތަންތަނަށް ބަދަލުކުރުމަށްޓަކައި ހެދިފައިވާ ޕްލޭނެއްގެ ތެރެއިން 200 މީހުން މިހާރު ވަނީ ހުޅުމާލޭގެ ލޭބާ އެކަމޮޑޭޝަން ފެސިލިޓީއަކަށް ގެންދެވިފައި" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެމީހުން ގެންދެވިފައިވަނީ ހުޅުމާލޭގައި ހުންނަ އަމީން ހިޔާ ލޭބާ އެކޮމޮޑޭޝަން ފެސިލިޓީއަށް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭގައާއި އެހެނިހެން ތަންތާނގައި ބިދޭސީން ބޭތިއްބުމަށް އިތުރު އެކޮމޮޑޭޝަން ފެސިލިޓީތައް ގާއިމް ކުރުމަށް ކަމަށެވެ.

ޖާގަ ތަނަވަސް ފެސިލިޓީތަކަށް ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ކަރަމުން އަންނަނީ މޯލްޑިވްސް އިމިގްރޭޝަނާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.

ސަރުކާރުން އަންނަނީ ހުޅުމާލޭ ފޭސް ދޭއްގައިވެސް ބިދޭސީން ބޭތިއްބުމަށް ވަގުތީ ހިޔާއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟