ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދިނުމަށް ހުޅުވާލުމުން މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅިގެން އާންމުންނާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމައިފައެވެ.
ބީއެމްއެލުން ބުނީ، މިމަހުގެ ދެވަނަ ވަނަ ދުވަހުން ފެށިގެން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ވެސް ފަސޭހައިން ލޮގިން ކުރެވޭ ގޮތަށް ލޯނާ ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހަޅޭ ގޮތަށް އޮންލައިން ޕޯޓަލްއެއް ގާއިމްކޮށް ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ފުރުސަތު ލިބޭނެއެވެ. ބީއެމްއެލުން ބުނީ، އެ މުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވޭނެ ކަމަށެވެ.
ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާ މަހުން ފެށިގެން ކަމަށާއި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.
މީގެ އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުން ނަގާފައިވާ ޕާސަނަލް، ހައުސިން، އަދި ބިޒްނަސް ފައިނޭންސިންގެ ތެރެއިން މުރާބަހާ ފައިނޭންސިން ފިޔަވައި ހުރިހާ ފައިނޭންސިން އަކަށް ވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށް ބޭންކުން ބުނެއެވެ.
ލޯނު އަނބުރާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުންވާނެ ގޮތް: