ޚަބަރު

ދުބާއީން 7.4 ޓަނުގެ ކާގޯ ހިފައިގެން މޯލްޑިވިއަން ރާއްޖެ އަތުވެއްޖެ

އަލީ ޔާމިން

ދުބާއީން 7.4 ޓަނުގެ ކާގޯ ހިފައިގެން މޯލްޑިވިއަންގެ ކާގޯ ފްލައިޓު ރޭ ރާއްޖެ އަތުވެއްޖެއެވެ.

ރޭ 10:25 ހާއިރު ދުބާއީން ރާއްޖެއައި ކާގޯ ފްލައިޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފަސޭހައިން ހަލާކުވާ ޒާތުގެ މުދާ (ޕެރިޝަބަލް ގުޑްސް)އެވެ.

މޯލްޑިވިއަނުން ބޭރުގެ އެކި ގައުމުތަކުން ރާއްޖެއަށް ކާގޯ ގެންނަން ދަތުރުކުރަން ފެށީ ކޮވިޑް 19އާއި ގުޅިގެން އާންމު އުސޫލުން މުދާ ގެނައުމުގައި ދަތިތަކެއް ދިމާވާން ފެށުމުންނެވެ. އެގޮތުން މޯލްޑިވިއަނުން ވަނީ ރޭ ބެންކޮކުންވެސް 11.3 ޓަނުގެ ކާގޯ ރާއްޖެ ގެނެސްފައެވެ. މިދިޔަ ހަފުތާގައި ވެސް ބެންކޮކުން މުދާ ގެނެސްފައިވާއިރު، މޯލްޑިވިއަންއިން އަންނަނީ ބެންކޮކްގެ އިތުރުން ދުބާއީ، ކޮލޮމްބޯ، ޓްރިވެންޑްރަމް އަދި ޗެންނާއީއަށް ވެސް ޝެޑިއުލް ކާގޯ ދަތުރުތަކެއް ކޮންމެ ހަފުތާއަކުވެސް ކުރަމުންނެވެ.

މޯލްޑިވިއަންގެ ކާގޯ ދަތުރުތައް ފެށީ އާންމުކޮށް މުދާ ގެންނަ ގައުމުތައް ދެނެގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ މަޝްވަރާ ވެސް ކުރުމަށްފަހުގަ އެވެ.