ކޮވިޑް 19 އާއި ގުޅިގެން މާލޭހިޔާ ދޭއް ފްލެޑް ބިލްޑިންގުގެ ފުރަގަހުގައި ހުރި ޓްރެވަލާސް ކްލިނިކް ފްލޫ ކްލިނިކަކަށް ބަދަލުކޮށް ހިދުމަތްދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުން ބުނީ، އެ ކްލިނިކް އިއްޔެއިން ފެށިގެން ފްލޫ ކްލިނިކަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ކްލިނިކު ފްލޫ ކްލިނިކަކަށް ބަދަލުކުރި ނަަމަވެސް ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް އެ ކުލިނިކަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.
މި ކްލިނިކުގެ ހިދުމަތްތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައި ވެއެވެ
ވީމާ ހުން އައިސް ކެއްސާ ނަމަ، ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ޑޮކްޓަރަށް ދައްކަން އެ ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފައެވެ.