ޚަބަރު

އިގިރޭސިވިލާތުގައި ކިޔަވައިދޭ ތަންތަނުގައި ދަރިވަރުން ދިރިއުޅޭ ތަނުން ނުނެރުމުގެ އަމުރެއް ނެރެފި

މަރިޔަމް ޝަހުދާ

އިގިރޭސިވިލާތުގައި ޔުނިވާސިޓީތަކާއި ސްކޫލުތަކުގައި ދަރިވަރުން ދިރިއުޅޭ ތަނުން ނުނެރުމުގެ އަމުރެއް އެގައުމުގެ ސަރުކާރުން ނެރެފި އެވެ.

ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ގައުމުން ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުން ދަރިވަރުން ތިބޭ ތަނުން ނުނެރެވޭނެ ކަމަށެވެ. އަދި އިނގިރޭސި ވިލާތުގައި ތިބި ދަރިވަރުންނާއި "ހޯލްސް އޮފް ރެސިޑެންސް" (ހޮސްޓެލް) ގައި ދިރިއުޅެމުން އަންނަ ދަރިވަރުން އެކަމަށް ސަމާލު ވުމަށް ޑރ.ފަރަހަނާޒް ވިދާޅުވިއެވެ.

ޑރ.ފަރަހަނާޒް ވިދާޅުވީ އެ ގައުމުގެ ސަރުކާރުން މިގޮތަށް ކަންކަން ހަމަޖެއްސި ނަމަވެސް ނުތަނަވަސްކަމެއް އުޅޭ ނަމަ ހައި ކޮމިޝަނަށް އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން +442073171518 ނުވަތަ +447851190546 އަށް ގުޅުމަށް ޑރ. ފަރަހަނާޒް އެދވަޑައިގެންނެވި އެވެ.

ޑރ. ފަރަހަނާޒް ވިދާޅުވީ އިނގިރޭސިވިލާތުގައި ކޮވިޑް 19 އަށް ޕޮސިޓިވް ވާ މީހުން އިތުރު ނަމަވެސް އެގައުމުގެ ހެލްތު ސެކްޓަރުން ކޮވިޑް 19 އާއި ދެކޮޅަށް ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ރަނގަޅު ވަމުން އަންނަ ކަމަށެވެ.