ވިޔަފާރި

ކޮވިޑް 19 : ގައުމުތަކަށް އެހީވުމަށް ވޯލްޑް ބޭންކުން 160 ބިލިއަން ޑޮލަރުގެ ޕެކޭޖެއް

އަލީ ޔާމިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ގައުމުތަކަށް އެހީވުމަށްޓަކައި ވޯލްޑް ބޭންކުން 160 ބިލިއަން އެމެރިކާ ޑޮލަރު ދޫކުރަން ނިންމައިފިއެވެ.

ވޯލްޑް ބޭންކުން ބުނީ ކޮވިޑް 19 އާ ގުޅިގެން ގައުމުތާއި ކުންފުނިތަކަށް އެހީވުމަށްޓަކައި ކުރިއަށް އޮތް 15 މަސް ދުވަހަށް 160 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ތައާރަފުކުރަން އެ ބޭންކުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން މުޅި ދުނިޔެއަށް އިގްތިސޯދީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އިގްތިސޯދީ މާހިރުން ވިދާޅުވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާނުން ފެނުނު ކޮވިޑް 19 އަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއާ ކުރިމަތިވި އެންމެ ބޮޑު ކާރިސާއެވެ.

ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައިފައިވާއިރު އެބަލީގައި މަރުވި މީހުންގެ އަދަދުވަނީ ބައިލައްކައިން މައްޗައަށް އަރައިފައެވެ.