Close
ދަނޑުވެރިކަން

ދިވެހީންގެ ފުޑް ސެކިއުރިޓީ ހަގީގަތުގައި ގުޅިިފައި ވަނީ ރާއްޖޭގެ ދަނޑުވެރިކަމާ: އަމްރު

މަރިޔަމް ޝަހުދާ

ދިވެހީންގެ ފުޑް ސެކިއުރިޓީ ހަގީގަތުގައި ގުޅިިފައި ވަނީ ރާއްޖޭގެ ދަނޑުވެރިކަމާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އިތުރަށް ފުޅާކޮށް، އެހެން ދާއިރާތައް ކުރިއެރުވުމަކީ އަބަދުވެސް އެވާހަކަ ދައްކާ ކަމެއް ކަމަށެވެ. ނަމަވެސް އެކަމުގެ މުހިއްމުކަން އެނގިގެން މިދަނީ މިހާރު ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން އެކި ގައުމުތަކުން މުދާ އުފުލުން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ދެތިން މަހަށް ވާވަރަށް ކާޑުގެ ބާވަތްތައް ހުރެގެން ކާބޯތަކެތީގެ ރައްކާތެރިކަމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެ ގައުމަކުން އުފައްދާ އެއްޗަކުން އެގައުމަކަށް ފުދިގެން އުޅެވުން ކަމަށާއި އެހެންކަމުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިވުން ގުޅިފައިވަނީ ދަނޑުވެރިކަމާ ކަމަށް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އެސްޓީއޯގެ އެގްރިސެންޓަރަކީ މިކަމަށް ހައްލެއް ލިބޭނެ ކަމެއްގެ ގޮތުގައި އަމްރު ސިފަކުރެއްވިއެވެ. އަމްރު ވިދާޅުވީ އެގްރިސެންޓަރުގެ ސަބަބުން ރަނގަޅު އަގެއްގައި ދަނޑުވެރިންނަށް މުދާ ވިއްކައި، ދަނޑުވެރިންނަށް ލިބޭ އާމްދަނީ ކުރިއާލައި އެނގޭނެ ކަމަށެވެ.

އަމްރު ވިދާޅުވީ އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް ވިސްނައިގެން ކަމަށެވެ.