Close
ހުސެއިން އަމްރު

ދިވެހީންނަށް އޮތް ހައްލަކީ ގައުމަށް ފުދޭވަރަށް އެތަކެތި ރާއްޖޭގައި އަމިއްލަ އަށް އުފެއްދުން: އަމްރު

މަރިޔަމް ޝަހުދާ

ދިވެހީންނަށް އޮތް ހައްލަކީ ގައުމަށް ފުދޭވަރަށް ކާބޯތަކެތި ރާއްޖޭގައި އަމިއްލަ އަށް އުފެއްދުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖެއަށް ހަތަރު ނުވަތަ ފަސް މަހަށް ވާވަރަށް ކާޑު އެތެރެ ކޮށްގެން ކާނާގެ ޔަގީންކަން ކަށަވަރު ކުރެވެން ނެތް ކަމަށެވެ.

ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރި، އޭގެ ނޭދެވޭ އަސަރު ހުރިހާ ގައުމެއްގެ އިގްތިސާދަށް ކޮށްފައިވާކަން އަމްރު ފާހަގަ ކުރެއްވިއެވެ. މިފަދަ ހާލަތެއްގައި އެގައުމެއްގައި އުފައްދާ އެއްޗަކުން އެގައުމެއްގައި އުޅެވޭނެ މިންވަރަށް ފުދުއްތެރިކަން ހުރުމުން ކޮންމެ ގައުމަކަށްވެސް މިފަދަ ހާލަތެއްގައި ހާލުގައި ނުޖެހި އުޅެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު މިހެން ވާހަކަ ދެއްކެވީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމުގެ މުހިއްމު ކަމާ ގުޅުވައިގެންނެވެ. އަމްރު ވިދާޅުވީ މިކަމުގެ ހައްލަކީ ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުން ކަމަށެވެ. ދިވެހިންގެ ކާބޯތަކެތީގެ ޔަގީންކަން ގުޅިފައިވަނީ ސީދާ ދަނޑުވެރިންނާއި ކަމަށްވާއިރު ދަނޑުވެރިންނަށް އާމްދަނީއެއް ލިބޭނެ އިގްތިސާދީ މަސައްކަތްތަކެއް ހިންގުން މުހިއްމު ކަމަށް އަމްރު ވިދާޅުވިއެވެ.