ޚަބަރު

މާލެ ސިޓީގެ މާރުކޭޓުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

މަރިޔަމް ޝަހުދާ

މާލެ ސިޓީގެ މާރުކޭޓުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާރުކޭޓުތަކުން ހިދުމަތް ދޭ ގަޑިތަކަށް މާދަމާއިން ފެށިގެން ބަދަލު ގެންނާނެ ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން މާރުކޭޓުތަކުން ހިދުމަތް ދޭނީ ހެނދުނު 6:00 އިން ހަވީރު 16:00 އަށް ކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާރުކޭޓުތަކަކީ މާލޭ ލޯކަލް މާރުކޭޓު، މާލޭ ދަތުރުވެރިންގެ މާރުކޭޓު، މާލޭ މަސް މާރުކޭޓު އަދި ވިލިމާލޭ ލޯކަލް މާރުކޭޓު ކަމަށް ކައުންސިލުން ބުނެއެވެ.

މި ގަޑިތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދެއެވެ. މާލެ ސިޓީ ކައުންސިލްގެ މި ނިންމުމަކީ ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭ އިން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.