ބޮލީވުޑް

ކޮވިޑް 19 : ސައިފް، ކަރީނާ އަދި ޓައިމުރުގެ އެހީ ޔުނިސެފް، ގިވް އިންޑިއާ އަދި އައިއޭއެޗްވީ އަށް

ކޮވިޑް19އާއި ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިން އެކި ގޮތްގޮތުން އެހީ ވަމުން އަންނައިރު މިފަހަރު މިވަނީ ސުޕަސްޓާ ސައިފް އަލީ ޚާނާއި އަންހެނުން އަދި ބަތަލާ ކަރީނާ ކަޕޫރު ޚާން އަދި ދަރިފުޅު ޓައިމުރުގެ ފަރާތުން އެހީ ދޭނެ ކަމަށް ބުނެފައެވެ.

ކަރީނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިކަހަލަ އުނދަގޫ ވަގުތެއްގައި އެންމެން އެއްބައިވެ އެކަކު އަނެކަކަށް އެހީވާން ޖެހޭ ކަމަށެވެ.

"އަހަރެމެން ސްޓެޕްސް މި ނަގަނީ އަދި ޕްލެޖް މިކުރަނީ ޔުނިސެފާއި ގިވް އިންޑިއާގެ އިތުރުން އިންޓަނޭޝަނަލް އެސޯސިއޭޝަން ފޮ ހިއުމަން ވެލިއުސް (އައިއޭއެޗްވީ)އަށް އެހީވާން. އަހަރުމެން އެދެނީ މިގޮތަށް އެހީވެވޭ އެހެން މީހުންވެސް އެކަން ކުރުމަށް" ކަރީނާ، ސައިފް އަދި ޓައިމުރުގެ ނަމުގައި ކުރި އެ ޕޯސްޓުގައި ވެއެވެ.

މުޅި އިންޑިއާ ލޮކް ޑައުންގައި އޮތް އިރު ގިނަ ތަރިންތަކެއް އަންނަނީ ކޮވިޑުން އަރައިގަތުމަށް ކުރަމުން އަންނަ ކަންކަމަށް އެހީތެރިވަމުންނެވެ. އޭގެ ތެރޭގައި އަނުޝްކާ ޝަރުމާ، ވިރާތު ކޯލީ، ސާރާ އަލީ ޚާން، ކެޓްރީނާ ކައިފް، ޕްރިޔަންކާ ޗޯޕްރާ، ނިކް ޖޯނާސް، އަކްޝޭ ކުމާރު، ކާތިކް އާރްޔަން، ވިކީ ކުޝާލު، ވަރުން ދަވަން ހިމެނެއެވެ.