ބޮލީވުޑް

ޖާންވީ ލޮކްޑައުންގައި: ބައްޕަ އަހަރެންނާއެކު ވަގުތުހޭދަކުރަން ބޭނުންވާވަރު އެނގުނު، އާއިލީލޯބީގެ މުހިންމުކަންއެނގުނު

އިންޑިއާގައި ކޮވިޑް19 ފެތުރުމާއެކު އިއުލާނު ކުރި ލޮކްޑައުނާއެކު ބަތަލާ ޖާންވީ ކަޕޫރު ގޭގައި މަޑުކުރީ އޭނާގެ ބައްޕަ ބޯނީ ކަޕޫރު އަދި ކޮއްކޮ ޚުޝީ ކަޕޫރާ އެކުއެވެ.

ގިނަ ވަގުތުތައް އާއިލާއާއެކު ހޭދަކުރި ކަމުގައިވިޔަސް ޖާންވީ ބުނާ ގޮތުގައި އޭނާ ވަނީ ސެލްފް އައިސޮލޭޝަނުގައި ހުރެގެން ގިނަ ކަންތައްތަކެއް ދަސްކޮށްފައެވެ. ޖާންވީ މިވަނީ ފޭނުންނަށް އިންސްޓަގްރާމު މެދުވެރިކޮށް އެކަންތައްތައް ހިއްސާކޮށްފައެވެ.

ޖާންވީގެ ޕޯސްޓުގައި ބުނެފައިވަނީ ކާތަކެތި އިސްރާފު ނުކުރަން ދަސްވި ކަމަށާއި ބައްޕަ އޭނާއާއެކު ވަގުތު ހޭދަކުރަން ބޭނުންވާކަން އެނގިގެންދިޔަ ކަމަށެވެ. އަދި މީހުންނަށް މާބޮޑަށް ޑިޕެންޑް ވެވިފައި ވާކަންވެސް ދަސްވިކަމަށް އެޕޯސްޓުގައި ވެއެވެ.

ގޭގައި ވަގުތު ހޭދަކުރުމުގެ މުހިންމު ކަމާއި ގޭގައި އުޅޭ މީހުނަށް ސަމާލުދަން ދޭން ދަސްވި ކަމަށްވެސް އެޕޯސްޓުގައި ވެއެވެ. އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަމާއި އާއިލީ ލޯބީގެ މުހިންމުކަން އިހުސާސްކުރެވުނު ކަމަށް ވެސް ޖާންވީ ބުނެފައިވެ އެވެ.

އެ ޕޯސްޓު ހިއްސާކުރަމުން ޖާންވީ ލިޔެފައިވާ ކެޕްޝުގައި ވަނީ އޭނާ އެ ޕޯސްޓް ލިޔުނީ ތިން ދުވަސް ކުރިން ކަމަށާއި މިހާރު ލޮކްޑައުނަށް ހަފުތާއެއް ވެއްޖެ ކަމަށެވެ.

މިހާތަނަށް ޖާންވީގެ ރިލީސްވީ އެންމެ ފިލްމެއް ނަމަވެސް ރިލީސްކުރުމުގެ މަގުމަތީގައި މުހިންމު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ގުންޖަން ސަކްސޭނާގެ "ދަ ކާގިލް ގާލް" އާއި ކާތިކް އާރްޔަންއާއެކު "ދޯސްތާނާ 2" އާއި ކަރަން ޖޯހަރުގެ "ތަޚްތު" ހިމެނެއެވެ.

ޖާންވީ ކަޕޫރުގެ މަންމައަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރީ، ސްރީދޭވީ އެވެ.