ދުނިޔެ

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އަވަހާރަ ވެއްޖެ

އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް ހާބަޓް ވޯކާ ބުޝް އަވަހާރަ ވެއްޖެއެވެ.

ބުޝް އަވަހާރަ ވިކަން އިއުލާން ކޮށްފައިވަނީ އޭނާގެ އާއިލާ އިން ނެރުނު ބަޔާނެއްގައެވެ.

އަވަހާރަ ވިއިރު ބުޝްގެ އުމުރުފުޅަކީ 94 އަހަރެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ބުޝް އަވަހާރަ ވެފައިވާއިރު އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ވަނީ ދުވަސް ކޮޅެއް ވެފައެވެ. އެގޮތުން މިއަހަރުގެ އޭޕްރީލްގައި އަނބިކަނބަލުން އަވަހާރަ ވުމާއެކު ބުޝްއަށް ވަނީ އައިސީޔޫގައިވެސް އެޑްމިޓްކޮށް ފަރުވާ ދީފައެވެ.

ބުޝް ގެ އަނބިކަނބަލުން ބާބަރާ އަވަހާރަވި އިރު އުމުރު ފުޅަކީ 92 އަހަރެވެ. އެދެބޭފުޅުންގެ 73 އަހަރުގެ އެ ކައިވެންޏަށް ވަނީ ދެ ބޭފުޅުން ލިބިވަޑައިގެންފައެވެ.