ކޮރޯނާ ވައިރަސް

ކޮވިޑް 19: އައިސޮލޭޝަންގައި މިވަގުތު ތިބީ 21 މީހުން

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން މިހާރު އައިސޮލޭޝަންގައި 21 މީހުން އެބަތިބި ކަމަށް، ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ، ވެލިދޫ އައިސޮލޭޝަންގައި ތިބި 18 މީހުންނާއި ދަރުމަންތަ ހޮސްޕިޓަލްގައި ތިބި ތިން މީހުންނެވެ.

އައިޖީއެމްއެޗްގަ އައިސޮލޭޝަންގައި ތިބި ތިން މީހުންނަކީ، ކޮވިޑް 19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެ ފަރުވާއަށްފަހު މިހާރު ނެގެޓިވް ވެފައިވާ އިޓަލީގެ ދެމަފިރިންނާއި، އެ ބައްޔަށް އަދިވެސް ފަރުވާދެމުންދާ މީހެކެވެ.

މިހާތަނަށް ރާއްޖޭން 13 މީހަކަށް ކޮވިޑް 19 ޖެހުނުއިރު އޭގެ ތެރެއިން އަށްމީހުން މިހާތަނަށް ވަނީ ރަނަގަޅުވެފައެވެ. އަދި ފަސްމީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިިގެން ކަރަންޓީިން ފެސިލިޓީތަކުގައި މިހާރު 737 މީހުން އެބަތިބި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ވިލިވަރު ކަރަންޓީން ފެސިލިޓީގައި ތިބި 33 މީހުންނާއި ފަން އައިލެންޑް ގައިތިބި 46 މީހުންނާއި ބިޔާދޫގައި ތިބި 41 މީހުންނާއި، ކުޑަބަނޑޮސްގައިތިބި 114 މީހުންގެ އިތުރުން ދިއްގިރީގައި ތިބި 32 މީހުންނާއި ހޮލިޑޭ ކަރަންޓީން ފެސިލިޓީގައި ތިބި 150 މީހުންނާއި އެނބޫދޫގައިތިބި 33 މީހުންނާއި ރޮޔަލްގައި ތިބި 176 ހުންނާއި މަޑިވަރު ކަރަންޓީން ފެސިލިޓީގައި ތިބި 96 މީހުންކަމަށްވެސް ވިދާޅުވިއެވެ.