ޚަބަރު

ކަރަންޓީން ފެސިލިޓީގައި 737 މީހުން އެބަތިބި : މަބްރޫކު

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިިގެން ކަރަންޓީިން ފެސިލިޓީތަކުގައި މިހާރު 737 މީހުން އެބަތިބި ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނިއުސްކޮންފަރެންސްގައި، މަބްރޫކު ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ، ވިލިވަރު ކަރަންޓީން ފެސިލިޓީގައި ތިބި 33 މީހުންނާއި ފަން އައިލެންޑް ގައިތިބި 46 މީހުންނާއި ބިޔާދޫގައި ތިބި 41 މީހުންނާއި، ކުޑަބަނޑޮސްގައިތިބި 114 މީހުންގެ އިތުރުން ދިއްގިރީގައި ތިބި 32 މީހުންނާއި ހޮލިޑޭ ކަރަންޓީން ފެސިލިޓީގައި ތިބި 150 މީހުންނާއި އެނބޫދޫގައިތިބި 33 މީހުންނާއި ރޮޔަލްގައި ތިބި 176 ހުންނާއި މަޑިވަރު ކަރަންޓީން ފެސިލިޓީގައި ތިބި 96 މީހުންވެ.

ރާއްޖޭން ކޮވިޑް 19 އަށް 13 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރެއިން އަށްމީހުން މިހާރު ވަނީ ރަނގަޅު ވެފައެވެ.

މިހާރު ފަރުވާދެމުން ދަނީ އަށް މީހުންނަށެވެ.

މަބްރޫކު ވިދާޅުވީ އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން މިހާރު އައިސޮލޭޝަންގައި 21 މީހުން އެބަތިބި ކަމަށެވެ.

އަދި މިހާތަނަށް ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ޓެސްޓުކުރި ސާމްޕަލްގެ ތެރެއިން 781 ސާމްޕަލް ނެގެޓިވް ކަމަށާއި، ނަތީޖާ ނުލިބޭ 17 ސާމްޕަލްއެއް އެބަވާކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.