ކުއްލި ޚަބަރު

ރަށެއްގައި ހުރި ރިސޯޓު މުވައްޒަފަކު ރިސޯޓަށް އެރި މައްސަލައެއްގައި ހައްޔަރު ކޮށްފި

މަރިޔަމް ޝަހުދާ

ރަށެއްގައި ހުރި ރިސޯޓު މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ރިސޯޓަށް އެރި މައްސަލައެއްގައި ހައްޔަރު ކޮށްފި އެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ހޮނޑާފުށީ އައިލެންޑް ރިސޯޓުގެ މެނޭޖްމަންޓަށް ނޭނގި އެ ރިސޯޓުގެ މުވައްޒަފެއް އެރަށަށް އަރާފައިވަނީ ހަނިމާދޫގައި ހުރެފައި ކަމަށެވެ. އަދި އޭނާ އެ ރިސޯޓަށް އެރީ ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން ރިސޯޓުން ފޭބުމަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހާ ހައްޔަރުކުރީ އެނބުރި ހަނިމާދޫއަށް ދިއުމުން ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިހާރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.