ދުނިޔެ

ކޮވިޑް 19 : މެލޭޝިއާއިން ނެރެފައިވާ މޫވްމަންޓް ކޮންޓްރޯލް އޯޑަރު އޭޕްރީލް 14އާއި ހަމަޔަށް އިތުރު ކޮށްފި

މަރިޔަމް ޝަހުދާ

1

މެލޭޝިއާއިން ނެރެފައިވާ ''މޫވްމަންޓް ކޮންޓްރޯލް'' އޯޑަރުގެ މުއްދަތު އޭޕްރީލް 14އާއި ހަމަޔަށް އިތުރު ކުރުމަށް އެގައުމުން ނިންމައިފިއެވެ.

މީގެ ކުރިން މެލޭޝިއާއިން ''މޫވްމަންޓް ކޮންޓްރޯލް'' އޯޑަރު ނެރެފައިވަނީ މިމަހުގެ ނިޔަލަށެވެ. ނަމަވެސް މިއަދު އެ މުއްދަތު އަންނަ މަހު 14 އަށް އިތުރުކޮށްފައިވާކަން އިއުލާނު ކުރީ މެލޭޝިއާގެ ޕްރައިމް މިނިސްޓަރު މުހްޔިއްދީން ޔާސިން އެވެ.

ގައުމާ މުހާތަބު ކުރައްވައި ޔާސިން ދެއްކެވި ވާހަކަފުޅުގައި ވަނީ ރައްޔިތުން ގޭގައި ތިބުމަށް އެދިވަޑައިގެންފަ އެވެ. އަދި "ޗެއިން އޮފް އިންފެކްޝަން" ގެ ޒަރިއްޔާއިން އަދިވެސް ކޮވިޑް 19 ޖެހިފައިވާ މީހުން ފެނުމުގެ ފުރުސަތު އޮތް ކަމަށް ކަމާ ބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށް ޔާސިން ވިދާޅުވިއެވެ.

މެލޭޝިއާ ލޮކްޑައުންއަށް ގެނެސްފައިވީ ނަމަވެސް ވިސާ ހަމަވެފައިވާ މީހުންނަށް އަނބުރާ ގައުމަށް ދެވޭ ގޮތަށް އެގައުމުގެ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައި ވެއެވެ. އަދި އެކޮޅުގައި ތިބޭ ދިވެހި ދަރިވަރުންނަށް ޔުނިވަސިޓީގެ ހުއްދައާއެކު ރާއްޖެ އައުމުގެ ފުރުސަތު އޮތް ކަމަށްވެސް ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައި ވެއެވެ.