ޚަބަރު

ކޮވިޑް 19 : ދިރާގު ހޯމް ފިކްސްޑް ބުރޯޑްބޭންޑުގެ ހުރިހާ އެޑް އޮންތަކުން 50 ޕަސެންޓް ޑިސްކައުންޓް

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާރިޗު މަހުގެ ބާކީ އޮތް ދުވަސްތަކާ އަދި އެޕްރީލް މަހުގައި އެކްޓިވޭޓް ކުރައްވާ އެޑް-އޮންއަކުން 50 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ، މިއީ ކޮވިޑް19އާ ގުޅިގެން ސްކޫލުތަކާއި ކޮލެޖުތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާ ދަނޑިވަޅަކަށްވާތީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އެޑް-އޮންތައް އެކްޓިވޭޓްކުރުމަށް ދިރާގު މޯބައިލް އެޕް އަދި ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" ހިދުމަތް ވެދުވެރިކޮށް ކުރެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރެވޭ ވަރުގެ ނޮޓިފިކޭޝަން ހޯދުމަށް ފިކްސްޑް ބްރޯޑުބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ކޮވިޑް 19އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތްގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރެސިޑެންޝަލް ފިކްސްޑް ބްރޯޑުބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ މިމަހު ދީފައިވާއިރު އަންނަ މަހުގައި ވެސް އެޑޭޓާ ދޭން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ބިޒްނަސް ފިކްސްޑް ބްރޯޑުބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީން 25 ޕަސެންޓް ޑިސްކައުންޓް މިމަހާއި އަންނަ މަހު ދޭން ވަނީ ނިންމައިފައެވެ.

ދިގާރުން ބުނީ، އެކުންފުނިން އަބަދުވެސް ބަލަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށް ކަމަށެވެ.