ދުނިޔެ

ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ހައިސްޕީޑް ރޭލުގެ ހިދުމަތް ޗައިނާއިން ފަށަނީ

ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ހައިސްޕީޑް ރޭލުގެ ހިދުމަތް ފަށަން ޗައިނާއިން ތައްޔާރުވާން ފަށައިފިއެވެ.

ޗައިނާގެ ޝަންހާއީގެ ދެކުނުން އޮންނަ ނިންގބޯ ސިޓީއިން ޒައޮޝާން ސިޓީއަށް ކަނޑުއަޑިން ދަތުރުކުރެވޭ ބުލެޓް ރޭލު (ހައިސްޕީޑް ރޭލު)ގެ މަސައްކަތަށް އެގައުމުގެ ޓްރާންސްޕޮޓޭޝަން މިނިސްޓްރީން ވަނީ ހުއްދަދީފައެވެ.

މި ޚިދުމަތުގެ ސަބަބުން 77، ކިލޯމީޓަރުގެ ދިގުރާސްތާއަށް ކުރަންޖެހޭ ދަތުރު ފަސޭހަވެ ކުރުވާނެ ކަމަށް ބެލެވޭއިރު މިހިދުމަތުގެ ސަބަބުން ޗައިނާއަށް ދަތުރުކުރާ ޓުއަރިސްޓުން ވެސް އިތުރުވެގެންދާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.

ގަޑިއަކު 250 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ ރޭލުގެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނައިރު މި ރޭލު ދަގަނޑު މިހާރުވެސް ނިންގބޯގައި ރޭލު ދަތުރުކުރާ ރޭލުދަގަނޑާއި ގުޅުވައިލެވޭނެއެވެ. މިކަމުގެ ސަބަބުން އެހެން ސިޓީތަކަށް ވެސް މިރޭލުގެ ހިދުމަތް ލިބޭނެެއެވެ. އަދި ހިދުމަތް ފެށުމުން އިތުރު ސްޓޭޝަން ތަކެއްވެސް ގުޅައިލާނެ ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެއެވެ.

ސަރުކާރުގެ އޮފިޝަލުން ލަފާކުރާގޮތުން މިހިދުމަތް ފެށުމުން މިސަރަހައްދަށް އިގްތިސާދީގޮތުން އިތުރު ކުރިއެރުންތަކެއް ލިބި އާންމުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.