ދުނިޔެ

އިންޑިއާ ކަނޑުން އާދަޔާ ޚިލާފު ސެސްމިކް ވޭވްއެއް އުފެދިއްޖެ

މުހައްމަދު އައުޒަމް

ބާރުގަދަ ބިންހެލުމަކަށްފަހު އުފެދޭ ސެސްމިކް ވޭވްއެއް އިންޑިއާ ކަނޑުގައި އުފެދިއްޖެއެވެ.

މިމަހުގެ 11 ވަނަ ދުވަހު މަޑަގަސްކަރައިގެ މޮނިޓަރިން ސްޓޭޝަނަށް ފާހަގަ ކުރެވުނު މި ވޭވްގެ އަސަރު 20 މިނެޓަށް ދެމިގެން ދިޔަކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބިންހެލުން ދިރާސާ ކުރާ ފަރާތްތަކަށް ވަނީ ސެސްމިކް ވޭވްގެ އަސަރު އިންޑިއާ ކަނޑުގެ މަޔޮއްޓޭގެ އައްސޭރިފަށުން ފާހަގަ ކުރެވިފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުން މިކަހަލަ ސެސްމިކް ވޭވް އުފެދެނީ ބޮޑު ބިންހެލުމެއްގެ ސަބަބުންނެވެ. ނަމަވެސް އެދުވަހު އެސަރަހައްދުން ބިންހެލުމުގެ އަސަރު ފެނިފައި ނުވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުން މިއުފެދުނު ސެސްމިކް ވޭވް އުފެދެން ދިމާވީ ޖައްވުން ވެއްޓުނު އެއްޗެއްގެ ސަބަބުން ނުވަތަ އިންޑިއާ ކަނޑުގެ އަޑިން އަލިފާން ފަރުބަދައެއް ގޮވައިގެންނެވެ. ނަމަވެސް ސެސިމޮލޮޖިސްޓުން މިކަން ދޮގު ކުރެއެވެ. ސެސިމޮލޮޖިސްޓުން ލަފާކުރާގޮތުން މިއީ އަދިވެސް އިތުރަށް ހޯދައި ބަލަންޖެހޭ ވަރުގެ ބޮޑު ކަމެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މިވޭވްގެ ފަހަތުގައި އާދަޔާ ހިލާފު ކަމެއް ވާނެކަމަށެވެ.

ސައިންސްވެރިން ވެސް މިއުފެދުނު ސެސްމިކް ވޭވްގެ ދިރާސާތައް ފަށާފައިވާއިރު މިއީ މިދިޔަ މޭ މަހުވެސް ފާހަގަ ކުރެވުނު ފަދަ ސެސްމިކް ވޭވެއް ކަމަށް ފާކުރެއެވެ.

ސައިންސްފެރިން މިހާރުވަނީ އިންޑިއާ ކަނޑުގައި ބޮޑު ސަރވޭއެއް ކޮށް މިކަމުގެ އިތުރު ދިރާސާތަށް ކުރަން ފަށާފައެވެ.