އެމްޓީސީސީ

ކޮވިޑް 19 : އެމްޓީސީސީއަށް ފޮނުވާ އެކި ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަންނަން ފަށައިފި

މަރިޔަމް ޝަހުދާ

އެމްޓީސީސީ ޓަވަރުގެ ތިންވަނަ ފަންގިފިލާއިން ހިދުމަތް ދޭ ކައުންޓަރު ވަގުތީގޮތުން ބަންދުކޮށް ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަންނަން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފަައިވަނީ ރާއްޖެއިން ކޮވިޑް 19 ފެނުމުގެ ސަބަބުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ކުންފުނިން އެކި ފިޔަވަޅުތައް އަޅަން ނިންމައި އެގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އެމްޓީސީސީގެ ޓަވަރުގެ ތިންވަނަ ފަންގިފިލާއިން ހިދުމަތް ދިނުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މިއަދުން ފެށިގެން މިމަހުގެ 26ގެ ނިޔަލަށް އެ ކުންފުނިން ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ އޮންލައިންކޮށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން [email protected] އަށް އެ ކުންފުންޏަށް ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ފޮނުވުމަށް އެމްޓީސީސީން އެދެއެވެ. އަދި އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ 3001142 ނުވަތަ 30011121 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް އެކުންފުނިން އެދެއެވެ.

އެމްޓީސީސީން ވަނީ މިފަދަ ދަނޑުވަޅުތަކުގައި އެ ކުންފުންޏަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.