ކުޅިވަރު

ޖަމިއްޔާތަކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އައިދާ އަބްދުލް ހަކީމް

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޖަމިއްޔާތަކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ފަސްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަހަރީ އާއްމު ޖަލްސާ އަދި ހިންގާ ކޮމެޓީއަށް މެންބަރުން ހޮވުމަށް ބާއްވާ ޖަލްސާތައް، ސަރުކާރުން ނިންމާފައިވާ ކުއްލި ހާލަތުގެ ނުމުމާއި ހަމަޔަށް ފަސްކޮށްފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ މީހުން އެއްތަނަކަށް އެއްވެ ޖަމިއްޔާތަކުން ހިންގާ ޕްރޮގްރާމްތައްވެސް މިހާލަތު ނިމެންދެން މަޑުޖައްސާލުމަށެވެ. އަދި ޖަމިއްޔާތަކުން ހުށަހަޅާ ހުރި ލިޔެކިއުންތައް އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުމަށް އެދޭކަމަށެވެ.

ޔޫތު މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުޅިވަރު ކުޅޭތަންތަން ވެސް ކޮވިޑް19 އާއި ގުޅިގެން ބަންދުކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް19 އަށް ރާއްޖެއިން 13 މީހުން ޕޮޒިޓިވް ވެފައިވާތީ ރާއްޖެއިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައެވެ. ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިވްވި އެންމެން ނަކީ ވެސް ބިދޭސީންނެވެ.