ދުނިޔެ

ކުރީގެ މިސް މޮސްކޯ އިސްލާމްވެ މެލޭޝިއާގެ ރަސްގެފާނާ ކައިވެނިކޮށްފި

މުހައްމަދު އައުޒަމް

3

ކުރީގެ މިސް މޮސްކޯ އިސްލާމްވެ މެލޭޝިއާގެ ރަސްގެފާނާ ކައިވެނިކޮށްފިއެވެ.

2015 ވަނަ އަހަރު މިސް މޮސްކޯގެ ޓައިޓަލް ކާމިޔާބު ކުރި އުމުރުން 25 އަހަރުގެ އޮކްސާނާ ވޮއެވޮޑީނާ މެލޭޝިއާގެ ރަސްގެފާނު އުމުރުފުޅުން 49 އަހަރުގެ މުހައްމަދު ވީ އާ ކައިވެނި ކޮށްފައިވަނީ ރަޝިއާގެ ވެރި ރަށް މެކްސިކޯގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ.

ޝާހީ އާއިލާއާ ގުޅުމުގެ ކުރިން އޮކްސާނާ ބުނެފައިވަނީ އޭނާ ސްކޫލް ދުވަސްވަރު އުޅުނީ އެހާ ރަނގަޅު ގޮތަކަށް ނޫން ކަމަށާއި އޭރު އެންމެ ހިތް ކިޔަނީ ސްކޭޓް ކުރާ ފިރިހެނުންނާއި ބައިކު ދުއްވާ ފިރިހެނުންނަށް ކަމަށެވެ. އޮކްސާނާ ދެކޭގޮތުގައި ފިރިހެނުން ތިބެން ޖެހޭނީ އާއިލާގެ އެންމެ އިސްކޮށް ތިބޭ މީހުންގެ ގޮތުގައެވެ. އަދި އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުންނަށް އާމްދަނީ ލިބެން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.

އޮކްސާނާ ވޮއެވޮޑީނާ ވަނީ އޭނާގެ ނަން ރިހާނާއަށް ބަދަލުކޮށް ބުރުގާ އެޅުމަށްފަހު ރަސްގެފާނާ އެކީ ނަގާފައިވާ ފޮޓޯއެއް ޓުވީޓް ކޮށްފައެވެ.

އޮކްސާނާ ވޮއެވޮޑީނާ ވަނީ މިއަހަރުގެ ކުރީކޮޅު އިސްލާމްވެފައެވެ. މެލޭޝީއާގެ ނޫސްތަކުން ބުނާގޮތުގައި އޮކްސާނާ އިސްލާމްވެފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުއެވެ.