ބޮލީވުޑް

އުރްވަޝީ ރާއްޖެއިން ސްކޫބާ ޑައިވިން ހަދައިފި

ބަތަލާ އުރްވަޝީ ރޮޓޭލާ ވަނީ އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށް މިދިޔަ މަހު 28ގައި ރާއްޖެ އައިސްފައެވެ.

ސަން ސިޔާމު އިރު ފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އުރްވަޝީ ފުރީ މިއަހަރު އުފަންދުވަހު އޭނާ ކުރަން ބޭނުންވި އެއްކަންތައް ކޮށްފައެވެ.

އެއީ ސެޓިފައިޑް ސްކޫބާ ޑައިވިން ހެދުމެވެ. އެކަން އޭނާ ވަނީ ހާސިލް ކޮށްފައެވެ.

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި އުރްވަޝީ ބުނީ ރާއްޖޭގެ މޫދުގައި ޑައިވް ކުރުން ވެގެން ގޮސްފައިވަނީ ވަރަށް އުފާވެރި ކަމެއްގެ ގޮތުގައެވެ.

"މިއީ ކުރިން ނުކުރާކަމެއް، ނަމަވެސް މިފަހަރު އުފަންދުވަހަށް ޑައިވް ކުރެވުނީތީ އުފާކުރަން. އެޑްވެންޗާ ހޮލިޑޭސް އަކީ އެންމެ ބޭނުންވާ ޗުއްޓީ، ރާއްޖެއިން ބޭނުންވި ކަންތައްވި." އުރްވަޝީ ބުންޏެވެ.

އުރްވަޝީ ވަނީ މީގެ ތިން އަހަރު ކުރިން މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަށްވެސް ހާއްސަ މެހުމާނެއްގެ ގޮތުގައި ރާއްޖެ އައިސްފައެވެ.

2015 ގެ މިސް ޔުނިވާސް މުބާރާތުގައި އިންޑިއާ ތަމްސީލުވެސް ކޮށްފައިވާ އުރްވަޝީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އިންނެވެ.