ޚަބަރު

ކޮވިޑް 19 : ގައުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުކޮށްފި

އަލީ ޔާމިން

މާލޭގައި ހުންނަ ގައުމީ ދާރުލްއާސާރާއި ހއ. އުތީމު ގަނޑުވަރާއި ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުކޮށްފިއެވެ.

ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެއިން ފެށިގެން އެ ތިން ތަން ބަންދު ވާނެ ކަމަށެވެ. އަދި އެ ތަންތަން ބަންދުކުރީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމުގައިވެސް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން ބުނެއެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކަށް ޓަކައި ނިހާޔަތަށް މާފަށް އެދޭ ކަމަށްވެސް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުގެ ބަޔާނުގައި ވެއެވެ.

ކޮވިޑް 19އަށް ރާއްޖެއިން ވަނީ ހަ މީހުން ޕޮޒިޓިވް ވެފައެވެ.