ޚަބަރު

ކޮވިޑް-19: ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށްފި

އައިދާ އަބްދުލް ހަކީމް

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް(ކޮވިޑް19) އިން ރައްކާތެރިވުމާ ގުޅޭގޮތުން ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން، ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށްފިއެވެ.

ޓްރާންޕޯޓް އޮތޯރިޓީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޓެކްސީ ސެންޓަރުތަކާއި އެމްޓީސީސީގެ އިތުރުން އެމްޕީއެލް އަށް އެޗްޕީއޭގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 އަށް ރާއްޖެއިން މިހާތަނަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮވިޑް 19 އާއި ގުޅިގެން އެކަހެރިކޮށްފައި ގިނަ އަދަދެއްގެ މީހުން ތިބި އިރު، ކަރަންޓީނުކޮށްފައި ވެސް ގިނަ އަދަދެއްގެ މީހުން މިހާރު އެބަ ތިއްބެވެ. ސަރުކާރުން މިއަދު ބުނެފައިވާ ގޮތުގައި، މި ބައްޔަށް ރާއްޖޭން ޕޮޒިޓިވް ވި މީހުންގެ ހާލު އަދި ރަނގަޅެވެ.